ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް މިހާރު ދަނީ ފެންނަމުން: ފަހުމީ
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ރައްޔިތުންނަށް މިހާރު ފެންނަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ޖޫން އެކަކުން ފެށިގެން ކުޑަކޮށްދެއްވައި އެކަން ތަންފީޒުކުރުން، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައެވެ.
މިއާއެކު ފެނަކަ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީން ރާއްޖޭގައި ދެމުންގެންދާ ކަރަންޓުގެ އަގު ހެޔޮވެގެން ދާނެއެވެ.
މިގޮތުން ރައީސް ކަރަންޓުގެ ޓެރިފް ރޭޓަށް ގެންނަވި ބަދަލަށް ބަލާއިރު،
ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 އިން 1.25 އަށް ބަދަލުވާނެބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 އިން 1.50 އަށް ބަދަލުވާނެބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 އިން 1.50 އަށް ބަދަލުވާނެބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 އިން 1.50އަށް ބަދަލުވާނެބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 އިން 2.66 އަށް ބަދަލުވާނެބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 އިން 3.25 އަށް ބަދަލުވާނެބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 އިން 3.83 އަށް ބަދަލުވާނެއެވެ.