06 ޖޫން 2025

Advertisement

ކަރަންޓު ބިލާ ގުޅޭ ޝަކުވާތައް ހުށަހަޅަން އެދިއްޖެ

ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރު 1545 އަށް ގުޅުމަށް އެ ކުންފުނިން އެދިއްޖެއެވެ.

ކަރަންޓުގެ އާ ޓެރިފްގެ ދަށުން މިދިޔަ މަހުގެ ކަރަންޓު ބިލުތައް ފޮނުވިއިރު ބިލު ބޮޑު ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ސްޓެލްކޯއިން ބުނީ ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށް ވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ.

އެހެންކަމުން ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ނަންބަރަށް ގުޅުމަށް އެދިފައެވެ.

Advertisement

ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯގެ ކޯލްސެންޓަރު 1545 އަށް ގުޅުމުގެ އިތުރުން ސްޓެލްކޯ ކެއާގެ ހިދުމަތް އޮންލައިންކޮށް ވެސް ލިބޭނެއެވެ.

އެހެންވެ ކަރަންޓު އިގްތިސާދު ކުރުމަށް އެދި ސްޓެލްކޯ އިން ބުނީ ކަރަންޓު މީޓަރުގެ މައްސަލައެއް އުޅޭތޯ ޔަގީން ކުރަން ހުރިހާ ކަރަންޓު ސާމާނެއް ނިއްވާލައި، އެގޮތަށް ހުންނައިރު ވެސް ކަރަންޓު މީޓަރު ހިނގާތޯ ބެލިދާނެ ކަމަށެވެ.

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ މަހުއެވެ.

Advertisement

ކޮމެންޓް