16 ޖޫން 2025

Advertisement

ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

16 ޖޫން 2025

ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފި އެވެ.

އެމެރިކާގެ ޕަސަޑޭނިއާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި އަށްޑިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނިޓުގެ ތެރޭގައި ޕީއެސްޖީ އިން ވަނީ 82 އިން ސައްތަ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފަ އެވެ.  

ޔޫއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޕީއެސްޖީ އިން ވަނީ މެޗުގެ 19 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފަބިއަން ރުއިޒް އެވެ.

Advertisement

ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ވިޓީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

އެތްލެޓިކޯ މެޑްރިޑްގެ ގޯލު ކީޕަރު ޖޯން އޮބްލަކްގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 78 ވަނަ މިނިޓުގައި އެ ޓީމުގެ ކްލެމެންޓް ލެންގްލެޓް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެނީ މަޔޫލޫ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ލީ ކޭންގް އިން ވަނީ ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

Advertisement

ކޮމެންޓް