03 އޮކްޓޯބަރު 2025

Advertisement

ފްލޮޓިލާގެ 8 ބޯޓެއް އިޒްރޭލުން ހިސޯރުކޮށްފި

02 އޮކްޓޯބަރު 2025

ފަލަސްތީނުގެ ގާޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރު ކުރަމުންދާ ގިނަ ގައުމުތަކުގެ އެކްޓިވިސްޓުން ތިބި "ގްލޯބަލް ސުމޫދު ފްލޮޓިލާ"ގެ 8 ބޯޓަކަށް އިޒްރޭލު ސިފައިން އަރައި ހިސޯރުކޮށްފި އެވެ.

ފަންސާހަކަށް އުޅަނދުގައި، ގިނަ އަދަދެއްގެ ގައުމުތަކުން ގާތްގަނޑަކަށް 500 މީހަކު މި ދަތުރުގައި ބައިވެރިވަމުން އަންނައިރު، އިޒްރޭލު ސިފައިން ފްލޮޓިލާގެ ބޯޓުތަކަށް އަރައިގަތީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން މިހާތަނަށް އިޒްރޭލު ސިފައިން ފްލޮޓިލާގެ 8 ބޯޓެއް ހިސޯރުކޮށްފައިވާއިރު، ބައެއް މީހުން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެތެރޭގައި ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަމްބާގް ވެސް ހިމެނެ އެވެ.

އިޒްރޭލު ސިފައިން ފްލޮޓިލާގެ ބައެއް ބޯޓުތައް ހުއްޓުވި ނަމަވެސް، ބައެއް ބޯޓުތައް އަދިވެސް އަންނަނީ ގާޒާއާ ދިމާލަށް މިސްރާބު ޖަހަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

ފްލޮޓިލާގެ ބޯޓުތަކަށް އިޒްރޭލު ސިފައިން އަރައިގަތުން ކުށްވެރިކޮށް ގްރީސް، އިޓަލީ، ޓިއުނީޝިއާ އަދި ތުރުކީގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.

އިޒްރޭލުން ވަނީ މިދިޔަ ޖޫން އަދި ޖުލައި މަހު ވެސް ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ އެކްޓިވިސްޓުންތައް ގާޒާއަށް އެހީގެ ސާމާނު ކަނޑުމަގުން ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތައް ހުއްޓުވާފަ އެވެ.

އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، ފާއިތުވި 24 ގަޑިއިރު އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާއިން 70 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

Advertisement

ކޮމެންޓް