23 ނޮވެމްބަރު 2024

Advertisement

ޕީސީބީ މެންބަރުންނަށް ރުހުން ހޯދަން ފޮނުވައިފި

04 ޑިސެމްބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އައްޔަނު ކުރި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިގޮތަށް ވަނީ ޕީސީބީއަށް ފަސް ބޭފުޅުން އައްޔަނުކުރައްވާފައެވެ.

ޕީސީބީއަށް އައްޔަނުކުރި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، މިއަދުގެ ޖަލްސާގައިވަނީ އެ މެންބަރުންނަށް ރުހުން ހޯދުމަށް ރައިސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ އިއްވާފައެވެ.

Advertisement

ޕީސީބީއަށް އައްޔަނުކުރި މެންބަރުން:

1- ޕީސީބީގެ ރައީސަކަށް: ހަމްދީ އަގީލް

2- އިކޮނޮމިކްސް ދާއިރާއިން: ހަސަން ޒަރީރު

3- އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން: އަހުމަދު މުޝްތާގު

4- ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް

5- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ

ފަސް މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަސް ފޮނުވާފައިވާއިރު އެންމެ ފަހުން އެ ބޯޑަށް އައްޔަނުކުރި އަހްމަދު ނަޝާތުއަށް ރުހުން ހޯދުމަށް މަޖިލީހަށް އަދި ފޮނުވާފައެއް ނުވެއެވެ.

ޕީސީބީއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.

Advertisement

ކޮމެންޓް