ތެލެސީމިއާ ޑީއެންއޭ ޓެސްޓު އާސަންދައިގެ ދަށުން ހެދޭ ގޮތް ހަމަޖައްސައިފި
ސިއްހަތާއި ބެހޭ ވުޒާރާއިން ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް އާސަންދައިގެ ދަށުން ހެދޭ ގޮތް ހަމަޖައްސައިފިއެވެ.
ތެލެސީމިއާ ބަލި ވާރުތަ ކުރޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ހެދޭ ޓެސްޓުގެ ތެރެއިން ބައެއް މީހުން އެކަން އިތުރަށް ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓު ފުރިހަމަ ކުރަން ޖެހެއެވެ.
މިދިޔަ އަހަރު ޑިސެމްބަރު 10 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ތެލޭސީމިއާ ޑީއެންއޭ ޓެސްޓު އާސައިންދައިގެ ތެރޭގައި ހިމެނުން ހިމެނެއެވެ.