ޙަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި
އިސްރާޢީލުގެ ޔަހޫދީންނާ ދެކޮޅަށް ފަލަސްޠީންގެ މުސްލިމުންގެ ޙައްޤުގައި ޖިހާދުކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ޙަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.
ޙަނިއްޔާގެ މައްޗަށް ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ. ރާއްޖޭގެ އިތުރުން ޙަނިއްޔާގެ މައްޗަށް ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ޣައިބަށް ކަށުނަމާދުކޮށްފައިވެއެވެ.
ޔަހޫދީން ޙަނިއްޔާ ޝަހީދުކޮށްލުމާގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.
އިސްމާޢީލް ހަނިއްޔާގެ ޖަނާޒާ ބާއްވައިފައިވަނީ އީރާނުގެ ތަހްރާން ޔުނިވަރިސިޓީގައެވެ. މި ކަށު ނަމާދުގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ. ނަމާދަށް ފަހު ހަނިއްޔާގެ ހަށިގަނޑު ފަސްދާނުލުމަށް އޭނާ ދިރިއުޅުއްވާ ޤަޠަރަށް ވަނީ ގެންގޮސްފައެވެ.