03 އޮކްޓޯބަރު 2025

Advertisement

ޕީއެސްޖީން ބާސާ ބަލިކޮށްފި

02 އޮކްޓޯބަރު 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން 2-1 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗާއި ޕީއެސްޖީން ކުރިމަތިލިއިރު އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެ އެވެ. އޭގެތެރޭގައި އޮސްމާނޭ ޑެމްބެލޭ އާއި ކިވިޗާ ކްވަރަސްކެލިއާ އަދި ޑެޒީރޭ ޑޫއޭ ހިމެނެ އެވެ.

މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބާސާ އިންނެވެ. މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ބާސާއަށް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީގެ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ސެނީ މަޔޫލޫ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

Advertisement

ދެވަނަ ހާފުގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދައްކައި ދިޔައީ ބާސާގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަޝްރަފް ހަކީމީ ދިން ޕާހަކުން މެޗުގެ 90 ވަނަ މިނެޓްގައި މި މެޗުން ޕީއެސްޖީ މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ގޮންސާލޯ ރާމޯސް އެވެ.

މި މޮޅާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ޕީއެސްޖީން ވަނީ 6 ޕޮއިންޓު ހޯދައިފަ އެވެ. ބާސާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

Advertisement

ކޮމެންޓް