ރަޝްފޯޑުގެ 2 ގޯލާއިއެކު ބާސެލޯނާއަށް މޮޅެއް
މާކަސް ރަޝްފޯޑުގެ ދެ ގޯލާއި އެކު ބާސެލޯނާއިން ނިއުކާސަލް ބަލިކޮށްފިއެވެ.
ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައި ވަނީ 1-2ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި ދެޓިމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ގޯލު ޖެހުމަށް ދެޓީމުން ވެސް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ދަވަނަ ހާފުގައި ބާސެލޯނާއިން ކުޅުން އިތުރަަށް ރަނގަޅުކޮށް، ނިއުކާސަލްގެ ގޯލަށް ނުރައްކާ ހަމަލާތަކެއް ދިޔައީ އަމާޒުކުރަމުންނެވެ.
މެޗުގެ ފުރަތަމަ ގޯލު 58 ވަނަ މިނެޓުގައި ރަޝްފޯޑު ކާމިޔާބުކޮށްފައި ވަނީ ޖޫލްސް ކޮންޑޭގެ އެހީތެރިކަމާއި އެކުއެވެ. ދެވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ނިއުކާސަލުން ޖެހި ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 90 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އެންތޮނީ ގޯޑަންއެވެ.
އަނިޔާގެ ސަބަބުން ބާސެލޯނާގައި މިހާރު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ ޒުވާން ފޯވާޑު ޔަމާލް ނުކުޅެއެވެ.