24 ނޮވެމްބަރު 2024

Advertisement

މިސަރުކާރާ ދުރަށް ޔާމީން ދިޔައީ ޒޭންއަށް މިނިސްޓަރ ކަން ނުދިނުމުން

03 އޯގަސްޓު 2024

ކުރީގެ ރައީސް ޔާމީން މި ސަރުކާރާ ދުރަށް ވަޑައިގަތީ، ދަރިކަލުން ޒޭންއަށް ޓޫރިޒަމް މިނިސްޓަރުކަން ނުދިނުމުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު ތުހުމަތު ކުރައްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ މި ސަރުކާރާއި ދުރަށް ޖެހުނީ ހަދަމުންދާ ގޯސްތަކަށް ހަޖަމު ނުކުރެވިގެން ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ޔާމީން ޕީޕީއެމް ދޫކޮށް ވަޑައިގެންނެވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރުނީ އެންމެ ހަ ދުވަސް ކަމަށެވެ.

Advertisement

"އެ 6 ދުވަސް ތެރޭ ސަރުކާރުން ހެދީ ކޮން ގޯހެއް؟ ތިހެން ވިދާޅު ނުވޭ! ޒެއިންއަށް ޓުއަރިޒަމް މިނިސްޓަރުކަން ނުދީގެން ނޫންތަ؟،" ޝުޖާއު ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަތަކަށް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ގެންދަވަނީ ސޯޝަލް މީޑިއާގައި ހޫނު ރައްދުތަކެއް ދެއްވަމުންނެވެ.

ޕީއެންއެފް އިން ކޮންމެ ހަފްތާއަކު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް