ބިޔަރު ކޭސް ތަކަކާއެކު މީހަކު ހައްޔަރު ކޮށްފި
ބިޔަރު ކޭސް ތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ހައްޔަރު ކޮށްފައިވަނީ ރޭ 22:00 އެހާ ކަންހާއިރުއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އަމީން އެވެނިއު ކައިރިންނެވެ.
އެ މީހާގެ އަތުން ބިޔަރު ދަޅުގެ އިތުރުން ރާފުޅިއެއްވެސް ފެނުނު ކަމަށާއި މި ބިދޭސީ ފިރިހެނެއް ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ބިދޭސީ މީހާ އާއި ބެހޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަން ތަކުގައި 150 އަށް ވުރެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.