09 މާރިޗު 2025

Advertisement

ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް ފަބްރީޒިއޯ ރޮމާނޯ

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފިއެވެ.

ބްރީޒިއޯ ހަމަޖެއްސުމާއި ގުޅިގެން އޭނާ ބުނެފައިވަނީ ރާއްޖެއަކީ ވަރަށް ރީތި ތަނެއްކަމަށާއި، ރާއްޖެއަކީ ބިޒީ ޝެޑިއުލްއިން މީހާއަށް ހަމަޖެހުން ލިބޭނެ މަންޒިލެއްކަމަށެވެ. އަދި ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫންކަމަަށާއި ރާއްޖެއަކީ އެއަށްވުރެ ގިނަ ކަންތައްތައް ތަޖުރިބާ ކޮށްލެވޭނެ މަންޒިލެއްކަމަށެވެ،

ފަބްރީޒިއޯ ބުނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ހުރީ ކެތްމަދުވެފައިކަމަށެވެ.

Advertisement

ފަބްރީޒިއޯއަކީ ފުޓްބޯޚައިގެ ހަބަރުތައް ގެނެސްދިނުމުގައި އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. ޚާއްސަކޮށް ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރުގެ ޚަބަރުތަކާއި މައުލޫމާތު އޭނާ ދުރާލާ ހިއްސާކުރެއެވެ. އެކަންކަމާއި ގުޅިގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެތައް މިލިއަން ބަޔަކު ދަނީ ފޮލޯކުރަމުންނެވެ.

Advertisement

ކޮމެންޓް