24 ނޮވެމްބަރު 2024

Advertisement

ހިސާން މަޖިލީހަށް ވާދަކުރުމުގެ ވިސްނުމެއް ނެތް!

03 ޖެނުއަރީ 2024

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހުސައިން ހިސާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވަން ދާއިރާގެ ރައްޔިތުން އޭނަ އަށް ފުރުސަތު ދެއްވީތީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

"އަޅުގަނޑުގެ މަސައްކަތުގެ އެހީތެރިވެދެއްވި އަޅުގަނޑު އާއިލާ އާއި، ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރަން." އޭނަ ވިދާޅުވި އެވެ.

Advertisement

ޖުޑިޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ހިސާން ވިދާޅުވީ އިންތިހާބުގައި ވާދަނުކުރެއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީއާ އެކީ ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާނެ ކަމަށެވެ.

ހިސާންގެ ފިރިކަލުންނަކީ ވެސް ދައުރު ހަމަވާން ގާތްވަމުން އަންނަ 19 ވަނަ މަޖިލީހުގެ މެންބަރެކެވެ. އެއީ ހިިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލެވެ.

Advertisement

ކޮމެންޓް