24 ނޮވެމްބަރު 2024

Advertisement

މިހާތަނަށް ވޯޓު 14.08 އިންސައްތަ މީހުން

13 ޖެނުއަރީ 2024

ވޯޓުލާން ދާ މީހުންގެ އަދަދު އަދިވެސް ނިސްބަތުން މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދާ ބައި- އިލެކްޝަނުގައި 3:00 އާއި ހަމައަށް ވޯޓުލީ 14.08% އިންސައްތަ މީހުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، އަދި މެދު ހެންވޭރު ދާއިރާ އާއި މ.މުލަކު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓުލަމުންދާ މީހުންގެ އިންސައްތަ ވަރަށް ދަށްކަން ފާހަގަކޮށްލެވެއެވެ.

Advertisement

އެގޮތުން 13:00 އަށް ވޯޓުލާފައިވާ ނިސްބަތަށް ބަލާ އިރު 3346 އަންހެނުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 5.97% މީހުންނެވެ. އަދި 4537 ފިރިހެނުން ވަނީ ވޯޓުލާފައެވެ. އެއީ އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެތެރެއިން 8.10% މީހުންނެވެ. އެހެންކަމުން ވޯޓުލީ މީހުންގެ ޖުމްލަ އަަދަދަކީ 7883އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 14.70%އެވެ.

މިހާތަނަށް އައި އިރު ވޯޓުނުލާ 48119 މީހުން އެބަތިއްބެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 85.92%އެވެ.

Advertisement

ކޮމެންޓް