24 ނޮވެމްބަރު 2024

Advertisement

ޕީޕީއެމް ޕީއެންސީ ޕްރައިމަރީ: ވޯޓު ފޮށްޓެއް ކައިރީ ހަމަނުޖެހުން

27 ޖެނުއަރީ 2024

ޕީޕީއެމް – ޕީއެންސީ ޕްރައިމަރީގައި މާލޭގެ ވޯޓު ފޮށްޓެއް ކައިރީގައި މައްސަލަ ބޮޑުގެ ހަމަނުޖެހުން ހިނގައިފިއެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ، ވޯޓު ފޮށި ކައިރީގައިތިބި ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގައިގެން އުޅޭ މަންޒަރެވެ. އަދި އެތަނަށް ފުލުހުންވަދެ ބައެއް މީހުން ނެރޭ މަންޒަރުވެސް ފެނިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހުނީ ހެންވޭރުގެ ފޮށިތަކެއްގައެވެ. އެގޮތުން މައްސަލަ ހޫނުވީ ވޯޓު ލިސްޓުން މީހެއްގެ ނަން އުނިކުރި ކަމަށް ބުނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ޕީޕީއެމް – ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ ހެނދުނު 10:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ޖުމުލަ 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު 71،597 މީހަކަށް ލިބިފައިވެއެވެ.

Advertisement

ކޮމެންޓް