މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި
މާލޭގައި އުމުރުން 40 އަހަރުގެ ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މިރޭ 8:35 ހާއިރު ސަބުދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޒަހަމްވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުކުހުން ގެންދަނީ މި މައްސަލައާ ގުޅިގެން ބަލަންޖޭ ކަންކަން ބަލަމުންނެވެ.