07 މޭ 2025

Advertisement

ޔޫރޯ ސްޓޯރުން ސިނގިރެޓް ކޭސްތަކެއް ވަގަށް ނަގައިފި

'ޔޫރޯ ސްޓޯރު' ފުވައްމުލަކު ފިހާރަ ފަޅާލައިގެން މަލްބަރޯ ބްރޭންޑުގެ ތިން ކޭސް ސިނގިރޭޓު ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އިއްޔެ ރޭ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ރިޕޯޓުކުރީ މިއަދު ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ގުދަނަކުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 130 ކާޓަން ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް