19 ޖޫން 2025

Advertisement

ރެއާލް މެޑްރިޑާއި އަލް ހިލާލް އެއްވަރު

ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ސައުދި އަރަބިއްޔާގެ އަލް ހިލާލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި އަރިމަތިން ރޮޑްރިގޯ ދިން ބޯޅަ އަކުން ގޮންޒާލޯ ގާސީޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އަލް ހިލާލް އަށް ލިބުނު ޕެނަލްޓީ އަކުން ރުބެން ނަވާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

Advertisement

ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް ގަދަ ހުމެއް ޖެހުމުގެ ސަބަބުން އޭނާ މި މެޗުގައި ކުޅެފައިނުވާއިރު އެ ޓީމުގެ ފޯވަޑް ލައިނުން ވަނީ އޭނާ ނެތްތަން ވަރަށް ބޮޑަށް ދައްކާފަ އެވެ.

މި މެޗުން މޮޅުވުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ލިބުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ފެޑެރީކޯ ވަލްވާޑް ފޮނުވާލުމުން އަލް ހިލާލްގެ މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ ޕެނަލްޓީ މަތަކޮށް އެ ޓީމަށް ޕޮއިންޓެއް ހޯދަދީފަ އެވެ.

Advertisement

ކޮމެންޓް