14 އޮކްޓޯބަރު 2025

Advertisement

ސިޓީއިން ފަސޭހަކަމާއެކު ނަޕޮލީ ބަލިކޮށްފި

19 ސެޕްޓެމްބަރު 2025

ޗެމްޕިއަންސް ލީގުގައި ރޭ ނަޕޮލީގެ މައްޗަށް 2-0 ގެ ފަސޭހަ ކުރިއެރުމެއް މެންޗެސްޓާ ސިޓީ އިން ހޯދައިފިއެވެ.

ނަޕޮލީގެ ކެޕްޓަން ޖިއޮވާނީ ޑީ ލޮރެންޒޯއަށް މެޗުގެ 21 ވަނަ މިނިޓުގައި ސީދާ ރަތްކާޑެއް ދެއްކިއެވެ. މިއީ ހާލަންޑަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ކާޑެކެވެ. މިކަމުގެ ސަބަބުން ނަޕޮލީއަށް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

ސިޓީގެ ކުރީގެ ކެޕްޓަން ކެވިން ޑި ބްރޫއިން އަނބުރާ ކުޅެން އައި މެޗު ނިމުނީ ދެރަ ގޮތަކަށެވެ. ރަތްކާޑާ ގުޅިގެން ނަޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ޓީމަށް ބަދަލުތަކެއް ގެނައުމުން، ޑި ބްރޫއިންއަށް މެޗުގެ 25 ވަނަ މިނިޓުގައި ދަނޑުން ފައިބަން ޖެހުނެވެ.

Advertisement

ސިޓީގެ ހުނަރުވެރި ފޯވާޑް އާލިން ހާލަންޑް މިމެޗުގައި ރެކޯޑެއް ހެދިއެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 50 ގޯލު ފުރިހަމަކުރި ކުޅުންތެރިޔާގެ ގޮތުގައި ތާރީޚު ފޮތުން ޖާގަ ހޯދާފައެވެ. މިއީ އޭނާ ކުޅުނު 49 ވަނަ ޗެމްޕިއަންސް ލީގު މެޗެވެ. ހާލަންޑް މިރެކޯޑު މުގުރާލީ 56 ވަނަ މިނިޓުގައި ފިލް ފޯޑަން ދިން ރީތި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 65 ވަނަ މިނިޓުގައި ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކުރީ ޖެރެމީ ޑޮކޫއެވެ. އޭނާ ވަރަށް އަވަހަށް ހަށިގަނޑު އަނބުރާލައި ގޯލާ ކައިރިވެ، ވަރަށް ހަނި އެންގަލްއަކުން ނަޕޮލީގެ ގޯލްކީޕަރު ވާންޔާ މިލިންކޮވިޗް-ސާވިޗްގެ ދެފައި ދޭތެރެއިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީއެވެ.

މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓާލައިގެން ކުޅުނީ މެންޗެސްޓާ ސިޓީންނެވެ. ނަޕޮލީގެ ކުޅުންތެރިން ވަނީ ގޯލު ހިމާޔަތްކުރުމަށް ވަރަށް ބުރަ މަސައްކަތެއް ކޮށްފައެވެ. ސިޓީން ގޯލާ ދިމާލަށް 23 ޝޮޓު ހަދާފައިވާއިރު، ނަޕޮލީއަށް ޖެހުނީ އެންމެ ޝޮޓެކެވެ.

Advertisement

ކޮމެންޓް